Friday, January 24, 2014

އީޒީ ވެޖްޓަބްލް ރައިސް(Recipe)

ބޭނުންވާތަކެތި
5 ޖޯޑުބަތް
1 ޖޯޑު ފިޔާ ( ހިމުންކޮށް ކޮށާފައިހުރި)
2 ރޯމިރުސް( ފަޅިކޮށްފައި)
2 /1 ޖޯޑު ކެބެޖް ( ކޮށާފައިހުރި)
2 /1 ޖޯޑު ކެރެޓް ( ގާނާފައިހުރި)
2 /1 ޖޯޑު ލީކްސް ( ތުނިކޮށް ކޮށާފައިހުރި)
2 /1 ޖޯޑު ގްރީން ބީންސް ( ފެހިތޮޅި ) ( ހިމުންކޮށް ކޮށާފައި)
2 /1 ޖޯޑު ކަނަމަދު
1 ޗިކަން ކިއުބް
ލޮނުކޮޅެއް

ތައްޔާރުކުރާނެގޮތް
ފުރަތަމަތަވާއުދުންމައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާލާފައި ހޫނުވީމާ ފިޔާ ، މިރުސް، ކެބެޖް، ކެރެޓް، ލީކްސް، ތޮޅި، ކަނަމަދު އަދި ޗިކަން ކިއުބް އަޅާލާފައި މިބާވަތްތައްރޯފިލަންދެން ދޭފަތުން ހަލަމުންދާށެވެ. ދެން ލޮނުކޮޅަކާއި ބަތް އަޅާފައި އެއްކޮށްފައި ލޮނު ހެޔޮވަރުކޮށްފައި އުނދުންމަތިން ބާލާށެވެ. 

Source_Thafaathu Kaanaa

Thursday, January 23, 2014

ޕްރޯންސްރައިސް (Recipe)

ބޭނުންވާތަކެތި
5 ޖޯޑުބަތް
2 ޖޯޑު ޕްރޯންސް
1 ޖޯޑު ފިޔާ ( ކޮށާފައި)
1 މޭޒުމަތީ ސަމުސާ އިނގުރު ލޮނުމެދު ( ޗިސްކުރި)
4 ހިކިމިރުސް ( ކޮށާފައިހުރި)
1 މޭޒުމަތީ ސަމުސާ ވިނިގަރ
1 މޭޒުމަތީ ސަމުސާ ސޯޔާސޯސް
1 ކެރެޓް ( ގާނާފައި )
2 /1 ޖޯޑު ހިކިމޭބިސް ކަދުރު
ލޮނުކޮޅެއް

ތައްޔާރުކުރާނެގޮތް
ތަވާއުނދުންމައްޗަށް އުދާލާފައި ކުޑަތެޔޮފޮދެއް އަޅާލުމަށްފަހު ތެޔޮފޮދު ހޫނުވީމާ ފިޔާ ، މިރުސް، ޕްރޯންސް، ކެރެޓް، އަދި ހިކިމޭބިސްކަދުރުވެސް އެއްކޮށް އަޅާލާފައި ޕްރޯސްސްކޮޅުރޯފިލުމުން ބަތްފިޔަވައިބާކީތަކެތި އެއްކޮށްފައި 1 މިނިޓް ވީމާ ބަތްކޮޅު އެއްކޮށްފައި ރަނގަޅަށް އެއްވީމާ އުނދުންމަތިން ބާލާށެވެ. 


Source_Thafaathu Kaanaa

އެގްރައިސް(Recipe)

ބޭނުންވާތަކެތި
6 ޖޯޑު ބަތް
1 ޖޯޑު ފިޔާ ( ކޮށާފައި)
5 ބިސް ( ފެނުކައްކާ ކޮށާފައި)
1 ޗިކަން ކިއުބް
1 ހިކަނދިފަތް
1 ގިތެޔޮމިރުސް ( ކޮށާފައި)
1 ޖޯޑު ކެބެޖް ( ކޮށާފައިހުރި)
1 ޖޯޑު ކެރެޓް ( ގާނާފައިހުރި)
1 މޭޒުމަތީ ސަމުސާ އިނގުރު- ލޮނުމެދު ( ޗިސްކޮށްފައިހުރި)
1 ޖޯޑު ހިކިމޭބިސްކަދުރު
5 ރާނބާފަތްކޮޅު ( 2 /1 އިންޗިއަށް ބުރިކޮށްފައިހުރި)
ލޮނުކޮޅެއް


ތައްޔާރުކުރާނެގޮތް
ފުރަތަމަ ތަވާޔަށް ތެޔޮފޮދެއް އަޅާފައި ހޫނުވީމާ ފިޔާ، ހިކަނދިފަތް ރާނބާފަތް، ކެރެޓް، ކެބެޖް ، މިރުސް އެއްކޮށް އަޅާލާފައި މޯޅިވަންދެން ދޭފަތުން ހަލަމުންދާށެވެ. ދެން ބަތާއި ބިސް ފިޔަވައި ބާކީހުރި ހުރިހާބާވަތްތައް އެއްކޮށް އަޅާލާފައި ރޯފިލުމުން އެދެބައި އެއްކޮށް ލާށެވެ. 

Source_Thafaathu Kaanaa

ފިޝްރައިސް(Recipe)

ބޭނުންވާތަކެތި
6 ޖޯޑުބަތް
2 ޖޯޑު ރޯމަސް ( ކުދިކޮށް ކޮށާތެލުލާފައި)
1 ޖޯޑު ކެބެޖް ( ހިމުންކޮށް ކޮށާފައިހުރި)
1 ޖޯޑު ކެރެޓް ( ގާނާފައިހުރި)
1 ޖޯޑު ފިޔާ ( ހިމުންކޮށް ކޮށާފައިހުރި)
1 ގިތެޔޮ މިރުހުގެ 1 ފަޅި ( ކޮށާފައި)
2 މޭޒުމަތީ ސަމުސާ ވިނިގރަ
2 މޭޒުމަތީ ސަމުސާ ސޯޔާސޯސް
1 މޭޒުމަތީ ސަމުސާ އިނގުރު ލޮނުމެދު ( ޗިސްކޮށްފައިހުރި)
2 /1 ސައިސަމުސާ މުގުރި ފޮނިތޮށި ކާފޫރުތޮޅި
5 /1 ސައިސަމުސާ ބޭސިލް
ލޮނުކޮޅެއް

ތައްޔާރުކުރާނެގޮތް
ތަވާއުނދުންމައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާލާފައި ހޫނުވީމާ ފިޔާ، މިރުސް، ކެރެޓް، ކެބެޖް، އެއްކޮށް އަޅާލާފައި ފިޔާކޮޅު މޯޅިވަންދެން ދޭފަތުން ހަލަމުން ދާށެވެ. ފިޔާކޮޅު މޯޅިވީމާ ބަތާއި މަސްފިޔަވައި ބާކީ ހުރި ހުރިހާބާވަތްތައް އަޅާލާފައި ރޯފިލުމުން 
ބަތްކޮޅާއި މަސްކޮޅު އެއްކޮށްލާށެވެ. 


Source_Thafaathu Kaanaa

Monday, October 21, 2013