Thursday, January 23, 2014

އެގްރައިސް(Recipe)

ބޭނުންވާތަކެތި
6 ޖޯޑު ބަތް
1 ޖޯޑު ފިޔާ ( ކޮށާފައި)
5 ބިސް ( ފެނުކައްކާ ކޮށާފައި)
1 ޗިކަން ކިއުބް
1 ހިކަނދިފަތް
1 ގިތެޔޮމިރުސް ( ކޮށާފައި)
1 ޖޯޑު ކެބެޖް ( ކޮށާފައިހުރި)
1 ޖޯޑު ކެރެޓް ( ގާނާފައިހުރި)
1 މޭޒުމަތީ ސަމުސާ އިނގުރު- ލޮނުމެދު ( ޗިސްކޮށްފައިހުރި)
1 ޖޯޑު ހިކިމޭބިސްކަދުރު
5 ރާނބާފަތްކޮޅު ( 2 /1 އިންޗިއަށް ބުރިކޮށްފައިހުރި)
ލޮނުކޮޅެއް


ތައްޔާރުކުރާނެގޮތް
ފުރަތަމަ ތަވާޔަށް ތެޔޮފޮދެއް އަޅާފައި ހޫނުވީމާ ފިޔާ، ހިކަނދިފަތް ރާނބާފަތް، ކެރެޓް، ކެބެޖް ، މިރުސް އެއްކޮށް އަޅާލާފައި މޯޅިވަންދެން ދޭފަތުން ހަލަމުންދާށެވެ. ދެން ބަތާއި ބިސް ފިޔަވައި ބާކީހުރި ހުރިހާބާވަތްތައް އެއްކޮށް އަޅާލާފައި ރޯފިލުމުން އެދެބައި އެއްކޮށް ލާށެވެ. 

Source_Thafaathu Kaanaa

No comments :

Post a Comment